ގައުމީ ވޮލީ ސްކޮޑުތަކާ ގުޅުމުގެ ފުރުސަތު ހުޅުވާލައިފި

ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގައި ރާއްޖެ އާއި ނޭޕާލް ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ވޮލީބޯޅައިގެ ގައުމީ އަންހެން އަދި ފިރިހެން، ޖޫނިއާ އަދި ސީނިއާ ސްކޮޑުތަކުގައި ހިމެނެން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފި އެވެ.

ވީއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަހަރަށް ވޮލީބޯޅަ ސްކޮޑުތައް އެކުލަވާލައި، ބައިނަލްއަގްވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ޓަކައި މުހިންމު މަސައްކަތްތަކެއް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެ އެސޯސިއޭޝަނުން ބުނީ، ގައުމީ އަންހެން އަދި ފިރިހެން ސީނިއާ އާއި ޖޫނިއާ ޓީމުތަކަށް ކުޅުން ބޭނުންވާ ކުޅުންތެރިންނަށް އިއްޔެ އިން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

ވީއޭއެމުން ގައުމީ ޓީމުތަކަށް ކުޅުންތެރިން ނަގާއިރު ކޯޑް އޮފް ކޮންޑަކްޓެއްގައި ސޮއިކުރެ އެވެ. ވީއޭއެމްގެ ބަޔާނުގައި ބުނީ ކުރިން އެ ކޯޑް އޮފް ކޮންޑަކްޓުގައި ސޮއި ކޮށްފައިވާ ކުޅުންތެރިން އަލުން ސޮއި ކުރަން ނުޖެހޭނެ ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ ގައުމީ ސްކޮޑުތަކުގައި ހިމެނެން ބޭނުންވާ ކުޅުންތެރިން ހުށަހަޅަން ޖެހޭ ފޯމު ވީއޭއެމްގެ އޮފީހުންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނޭ ކަމަށެވެ.

comment ކޮމެންޓް