އަސްކަރީ ގުޅުން ބަދަހިކުރުމަށް އިންޑިއާއާ އެކު ސޮއިކުރި ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ސޯލިހާއި ބޮޑުވަޒީރު މޯދީ ދެއްވި ސްޓޭޓުމެންޓަށްފަހު ދެ ބޭފުޅުން ސަލާމް ކުރައްވަނީ -- ފޮޓޯ: ބިއުރޯކްރެސީޓުޑޭ

އިންޑިއާ އާއި ރާއްޖެއާ ދެމެދު އަސްކަރީ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އިންޑިއާ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު މިއަދު ދެއްވި ޖޮއިންޓު ސްޓޭޓުމެންޓުގަ އެވެ.

"އަޅުގަނޑުގެ މި ދަތުރުގައި އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރެވިފައި. މިއީ ސިއްހީ ދާއިރާ އާއި، ކޮމާސް، ތައުލީމީ ދާއިރާ އަދި އަސްކަރީ ދާއިރާ އިން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކުރެވުނު އެއްބަސްވުންތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ދަތުރުފުޅުގެ ކުރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި އަސްކަރީ ގުޅުން ވަރުގަދަ ކުރުމުގެ މުގާބިލުގައި އިންޑިއާ އިން ރާއްޖެ އަށް އެއް ބިލިއަން ޑޮލަރުގެ ލޯން އެހީ ދިނުމަށް އެއްބަސްވާނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރި އެވެ.

https://sun.mv/112471

އިންޑިއާ އިން ރާއްޖެއަށް އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބަން އެއްބަސްވާން އުޅުނު ކަމަށް ވެސް ކުރިން ވާހަކަ ދެކެވުނެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ މިލިޓަރީ ބޭހެއް ރާއްޖޭގައި ހެދުމަށް ވާހަކަ ނުދައްކާ ކަމަށެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީއަކުން އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާ އާ އެކު މިލިޓަރީ ގުޅުން ވަރުގަދަ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރި ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

https://sun.mv/113027

ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ވަނީ އެކަން އިއުލާނު ކުރައްވައިފަ އެވެ. އެ ލޯނަކީ ކިހާ މުއްދަތެއްގެ ތެރޭގައި އަނބުރާ ދެއްކުމަށް ދިން ލޯނެއް ކަމެއް އަދި އިންޓަރެސްޓް ރޭޓަކިީ ކޮބައި ކަމެއް ވިދާޅެއް ނުވެ އެވެ.

https://sun.mv/113028

comment ކޮމެންޓް