ކާނަލް ނާޒިމްގެ މައްސަލައިގެ ހުކުމް އިއްވުން މިރޭ

ނޮވެމްބަރ 11، 2018: ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ރާއްޖެ ވަޑައިގަތުން -- ސަން ފޮޓޯ/. ފަޔާޒު މޫސާ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރުމަށް ސުޕްރީމު ކޯޓުގައި މިއަދު ތާވަލުކުރި އަޑު އެހުން މިރެއަށް ފަސްކޮށްފިއެވެ.

މި އަޑުއެހުން މިރޭ 20:00 އަށް ތާވަލްކޮށްފައިވާއިރު މީގެ ކުރިން އަޑުއެހުން ތާވަލްކޮށްފައި އޮތީ ހަވީރަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމަށް ހުކުމް އިއްވީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓު ފުލުހުން ބަލައިފާސްކުރިއިރު ފިސްތޯލައެއް ފެނުނު ކަމަށް ބުނެއެވެ.

އެ މައްސަލާގައި ހުކުމް އިއްވި ފަހުން ފުލުހުން ބުނެފައި ވަނީ އެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ ފިންގާޕްރިންޓް ފެނިފައިވާ ކަމަށެވެ.

ނާޒިމްގެ މައްޗަށް އިއްވި ހުކުމް ސުޕްރީމު ކޯޓުން ރިވިއު ކުރަމުންދާތީ ހުކުމް ތަންފީޒު ކުރުން ވަނީ މަޑުޖައްސާލައިފައެވެ.

ނާޒިމް ވަނީ އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ.

comment ކޮމެންޓް