ދިއްގަރު ދާއިރާގެ ރައްޔިތުން އެދޭނަމަ އަދިވެސް އެ ދާއިރާއަށް ހިދުމަތްކޮށްދޭން ތައްޔާރު: ނާޒިމް

ރައީސް ސޯލިހު ހުވާކުރުމުގެ ދަރުބާރުގައި ނާޒިމް ބައިވެރިވެ ވަޑައިގަންނަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިއްގަރު ދާއިރާގެ ރައްޔިތުން އެދޭނަމަ އަދިވެސް އެ ދާއިރާ އަށް ހިދުމަތްކޮށްދޭން ތައްޔާރަށް ހުންނެވިކަމަށް އެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އޭނާގެ މައްޗަށް އިއްވާފައިވާ 25 އަހަރުގެ ޖަލުހުކުމް ސުޕްރީމު ކޯޓުން މިއަދު ބާތިލް ކޮށްފައިވާއިރު ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑަކީ ޖެހިޖެހިގެން ހަތަރު ދައުރު އެއް ދާއިރާ އަކަށް ހޮވުނު މީހެއް. އަޅުގަނޑަށް ދިއްގަރު ދާއިރާގެ ރައްޔިތުންގެ ލޯތްބާއި ތާއީދު އަބަދުވެސް އޮންނާނެ ކަމަށް ގަބޫލު ކުރަން. އެކަމަކު އަ؟ޅުގަނޑު އެކަން ދޫކޮށްލާނީ ދާއިރަގެ ރައްޔިތުންނަށް،" ނާޒިމް ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރައްވަން މި ހަފްތާ ބަންދުގައ ި ދިއްގަރު ދާއިރާއަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ.

"ވޭތުވެ ދިޔަ 16 އަހަރު އަޅުގަނޑަށް ކުރި އިތުބާރަށް ޝުކުރު އަދާކުރުމަށް ކުރާ ދަތުރެއް އެއީ. އެދަތުރުގައި ރައްޔިތުން އަޅުގަނޑުގެ ފަރާތުންް އެދެފިނަމަ އަޅުގަނޑު މިހުރީ އެގޮތަށް ކުރިމަތިލާން ތައްޔާރަށް،" މިހާރު ދިއްގަރު ދާއިރާ ތަމްސީލު ކުރައްވާ ފާރިސް މައުމޫނު އެހެން ދާއިރާ އަކަށް ކުރިމަތިލައްވާ ކަމުގެ އިޝާރާތެއް ކުރައްވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އޭނާގެ މައްޗަށް އިއްވާފައިވަ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ.

"މިއީ ސުޕްރީމި ކޯޓުން ކުރި ހުކުމެއް ސުޕްރީމު ކޯޓުން ބާތިލްކުރި ފަހަރެއް،" މީގެ ކުރިން އެ ކޯޓުން ބާތިލްކޮށްފައިހުރީ ދަށުކޯޓުން ކޮށްފައި ހުރި ހުކުމްތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ނާޒިމް ގެ މައްޗަށް ޖަލުހުމެއް އިއްވީ އެމަނިކުފާނުގެ ނުފޫޒުން ކަމަށް ނާޒިމް ތުހުމަތު ކުރެއްވިއެވެ.

comment ކޮމެންޓް