އުމުރު ދުވަހުގެ ޖަލު ހުކުމުން ނާޒިމް ސަލާމަތްވެއްޖެ

ކުރީގެ މެމްބަރު އަހުމަދު ނާޒިމް

މަކަރާ ހީލަތް ހެދުމުގެ މައްސަލާގައި އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ކުރި ހުކުމް ބާތިލު ކޮށްފި އެވެ.

ނާޒިމްގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރަން ހުށަހެޅީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެފައި ވަނިކޮށް ކަމަށެވެ. އެހެންވެ ނާޒިމް މައްޗަށް ކުރި ހުކުމް ބާތިލު ކުރަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

މީގެ ކުރިން ދައުލަތުންވެސް ވަނީ އެމައްސަލަ އިސްތިއުނާފު ކުރީ މުއްދަތު ހަމަވި ފަހުން ކަމަށް އެއްބަސްވެފަ އެވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.

comment ކޮމެންޓް