ޔަމަންގެ ހަނގުރާމައަށް އެމެރިކާ ދޭ އެހީތެރިކަން ހުއްޓުވުމުގެ ގަރާރެއް ސެނެޓުން ފާސްކުރަނީ

ސެނެޓްގެ އިސް މެންބަރެއް ކަމަށްވާ ބާނީ ސޭންޑާސް ޔަމަންގެ ހަނގުރާމައާ ދެކޮޅަށް ވާހަކަ ދައްކަވަނީ

ވޮޝިންޓަން (ޑިސެމްބަރު 13) : ސައޫދީ އަރަބިޔާ އިސްވެ އޮވެގެން ޔަމަންގައި ހަނގުރާމަ ކުރަމުން ގެންދާ އަރަބި ކޯލިޝަނަކަށް އެމެރިކާ އިން ދޭ އަސްކަރީ އަދި ފަންނީ އެހީތައް ހުއްޓާލުމަށް އެމެރިކާ ސަރުކާރަށް ގޮވާލާ ގަރާރާބެހޭ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ސެނެޓް ގެ ބޮޑު އަޣްލަބިއްޔަތަކުން ފާސްކޮށްފިއެވެ.

ސެނެޓްގެ 100 މެންބަރުންގެ ތެރެއިން 60 މެންބަރުން ގެ އަޣްލަބިއްޔަތުން މިކަން މިގޮތަށް ފާސްކުރުމުން އެމެރިކާގެ ހަތިޔާރާއި ފަންނީ އެހީ ޔަމަންގެ ހަނގުރާމައަށް ބޭނުން ކުރުން ހުއްޓާލަން އެމެރިކާ ސަރުކާރަށް މަޖްބޫރުވާ ގަރާރުގެ ދެލިކޮޕީއާބެހޭ މަޝްވަރާތައް ސެނެޓަށް ކުރިޔަށް ގެންދެވޭނެއެވެ. މި ގަރާރުގެ ދެލިކޮޕީ މިހާރުވެސް ވަނީ ތައްޔާރުކޮށްފައެވެ. ނަމަވެސް މި ގަރާރަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ތާއީދު ހޯދަންޖެހޭނެއެވެ. ގާނޫނަކަށްވާނީ ޓްރަޕް އެ ގަރާރު ތަސްދީގު ކުރެއްވުމުންނެވެ. ޓްރަމްޕް މިގާނޫނު ތަސްދީގު ކުރެއްވުމަކީ މުސްތަހީލް ކަމެކެވެ.

މިމައްސަލާގައި ސެނެޓްގައި ވާހަކަ ދެއްކެވި ބޭފުޅުންވަނީ ސައޫދީ އަރަބިޔާ އިސްވެ އޮވެގެން އުފައްދާފައިވާ އަރަބި ކޯލިޝަނުން ޔަމަންގައި ކުރިޔަށްގެންދާ ހަނގުރާމައަށް އެމެރިކާ ދޭ އެހީތެރިކަމަކީ އެހނގުރާމައިގާ އެމެރިކާ ބައިވެރިވުންފަދަ ޖަރީމާއެއް ކަމަށް ސިފަކުރައްވާފައެވެ. އަދި އެމެރިކާގެ އެހީތެރިކަން ނެތްނަމަ ޔަމަންގެ ހަނގުރާމަ ކުރިޔަށް ނުދާނެ ކަމަށާއި ޔަމަންގެ ސުލްޙައިގެ ކަންތައްތައް ކާމިޔާބު ނުވަނީވެސް އަދި އެ ހަނގުރާމަ ނުހުއްޓިގެން އުޅެނީވެސް އެމެރިކާ އިން ޔަމަންގެ ހަނގުރާމައަށް އެހީތެރިވާތީކަން ސެނެޓްގެ ގިނަ މެންބަރުން ފާހަގަ ކުރެއްވިއެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު