އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖޭގައި

އިންޑިއާގެ އަސްކަރީ މަނަވަރު "ރަނާ"

އިންޑިއާގެ މަނަވަރު އައިއެންއެސް "ރަނާ" މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އިންޑިއަން ނޭވަލް ޝިޕް (އައިއެންއެސް) "ރަނާ" ރާއްޖެއަށް ކުރާ މި ދަތުރުގައި، ދިވެހިރާއްޖޭގެ ހާއްސަ އިގްތިޞާދީ ކަނޑުގެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއްކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިޞާދީ ސަރަހައްދުގައި ގާނޫނާއި ގަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބަލާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ޕެޓްރޯލް ނިންމާލުމަށްފަހު އައިއެންއެސް "ރަނާ" ރާއްޖެއިން ފުރާނީ މިމަހުގެ 14ގައެވެ.

comment ކޮމެންޓް