ދޮންނަ މެޝިނެއްގެ ތެރެއަށްލައި ފޮރުވާފައިހުރި 400،000 ޑޮލަރު ނެދަލޭންޑްސްގެ ފުލުހުން ހޯދައިފިއެވެ.
މި ފައިސާތައް ހޯދައި ފުލުހުން ވަނީ ދޮންނަ މެޝެން ހުރި ގޭތެރޭގައި ހުރި މީހަކު މަނީ ލޯންޑްރިންގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
މި ފައިސާތައް ފެނުނު ގެއަކީ އެއްވެސް މީހަކު ދިރިއުޅޭގެއެއް ނޫންކަމަށް ވެއެވެ. މި ފައިސާތައް ފެނުނު ގެއިން ފައިސާ ގުނާ މެޝިނަކާއި މޯބައިލް ފޯނުތަކެއްގެ އިތުރުން ފިސްތޯލައެއްވެސް ވަނީ ފެނިފައެވެ.
ނެދަލޭންޑްސްގެ ފުލުހުން ބުނެފައިވަނީ މަނީ ލޯންޑްރިން އާއި ހައުސިން ފްރޯޑް އަދި އިތުރު ކުށްތަކެއްގެ ގޮތުގައި މި މައްސަލަ ބަލަމުންދާ ކަމަށެވެ.