ވެލެޒިނީ ހައްޔަރުކޮށްފި

އައިޝަތު ވެލެޒިނީ ---

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ ދާދިދެންމެ ހައްޔަރުކޮށްފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުމަށްފަހު އޭނާ މާލެ އައީ މިއަދުގެ ވަގުތެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވެލަޒިނީ ހައްޔަރުކޮށްފައި ވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ވެލެޒިނީ ރާއްޖެއިން ބޭރުގައި އުޅުމުން އޭނާގެ މައްސަލައިގެ ތަހުގީގު ހިންގަން ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ފުލުހުން ވަނީ 14 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އޭނާއަށް އެންގުމުގެ ގޮތުން އިއުލާން ވެސް ކޮށްފަ އެވެ.

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޭސްބުކު މެދުވެރިކޮށް ތަކުރާރުކޮށް އޭނާ ވަނީ ވާހަކަ ދައްކައިފަ އެވެ. އެކަންކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ އޭނާ އަކީ މުރުތައްދުވެފައިވާ މީހެއް ކަމުގައި ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް