ޖެހިޖެހިގެން 5 މެޗުގައި ހެޓްރިކް ހަދައި، ރިޒޭ ދުނިޔޭގެ ރެކޯޑަކާ ހަމަޔަށް

އެންމެ އުންމީދީ ކުޅުންތެރިޔާ ރިޒްވާން(ވ) އަށް ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އެވޯޑު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި، އަހުމަދު ރިޒްވާން (ރިޒޭ) ގިނެސް ވޯލްޑް ރެކޯޑަކާ ހަމަކޮށްފި އެވެ.

އެރެކޯޑު މިހާރު އޮތީ ކްރޮއޭޝިއާގެ ސްޓްރައިކަރު ސްޓެފާން ލުސިޖަނިކް އަތުގަ އެވެ. ކްރޮއޭޝިއާގައި 2016 ވަނަ އަހަރު ބޭއްވި ޑަކޯވޯ ލީގުގައި ލުސިޖަނިކް ވެސް ވަނީ ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި، ޖުމްލަ 20 ގޯލު ޖަހައިފަ އެވެ.

އޭގެ ކުރިން، 18 އަހަރު ވަންދެން އެރެކޯޑު އޮތީ ޖަޕާނުގެ ކުޅުންތެރިޔާ މަސަޝީ ނަކަޔާމާގެ އަތުގަ އެވެ. އޭނާ ވަނީ 1998 ވަނަ އަހަރު ޖެހިޖެހިގެން ހަތަރު މެޗުގައި ހެޓްރިކް ހަދައިފަ އެވެ.

ރިޒޭ ހެޓްރިކް ހަދާފައި ވަނީ އީގަލްސްއިން ތ. ތިމަރަފުށި، ބ. ފެހެންދޫ، ށ. ފޯކައިދޫ އަދި ފ. ނިލަންދޫއާ ދެކޮޅަށް ކުޅުނު ދެ މެޗުގަ އެވެ. އެމެޗުތަކުގައި އޭނާ ވަނީ ޖުމްލަ 16 ގޯލު ޖަހައިފަ އެވެ.

މިދިޔަ އަހަރު ރިޒޭ ވަނީ ރާއްޖޭގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑު ހޯދައިފަ އެެވެ.

comment ކޮމެންޓް