އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

އެފްއެސްއެމް ފިއުލް ސުޓޭޝަނުން ހިދުމަތް ދެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެސްޓީއޯ އިން ވިއްކާ ތެލާ ޕެޓްރޯލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނިން ވިއްކާ ޕެޓްރޯލާ ޑީސަލްގެ އަގުން 20 ލާރި ބޮޑުކޮށްފައިވާކަމަށެވެ.

މިއަދުން ފެށިގެން ޕެޓްރޯލު ލީޓަރެއް ވިއްކާނީ 11.39 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 12.09 ރުފިޔާ އަށެވެ.

އެސްޓީއޯ އިން ބުނީ ތެލުގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން އެކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށެވެ.

މިމަހުގެ ފުރަތަމަ ދުވަހުވެސް އެސްޓީއޯ އިން ވަނީ އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. މިއީ މިއަހަރު ތެރޭ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރި ހަވަނަ ފަހަރެވެ.

comment ކޮމެންޓް