އީދު ޗުއްޓީއާ އެކު ހުރިހާ ތަނެއް ފުލްވެއްޖެ!

ބޮޑު އީދަށް މާލޭގައި ދިރިއުޅޭ މީހުން ޗުއްޓީ އަށް ފުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑު އީދާ އެކު މިފަހަރު މި ލިބެނީ ވެސް ބޮޑު ޗުއްޓީއެކެވެ. އަދި މި ބޮޑު ޗުއްޓީއާ އެކު ގެސްޓްހައުސްތަކާއި ރިސޯޓްތަކަށް ޑިމާންޑް ވެސް ބޮޑެވެ. އެ ތަންތަން އެކަންޏެއް ނޫނެވެ؛ އެތެރޭގެ އުދުހުންތަކާއި އަވައްޓެރި ގައުމުތަކުގެ ޓިކެޓުގެ ޑިމާންޑް ވެސް ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ.

އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ބޮޑުވެ، އީދު ޗުއްޓީގެ އެތައް ދުވަހެއް ކުރިން ފްލައިޓްތައް ފުލްވި އެވެ. އެއާ އެކު ލޯންޗު ދަތުރުތަކުގެ ޑިމާންޑް ވަނީ ބޮޑުވެގެން ގޮސްފަ އެވެ. އަދި ގިނަ ރަށްރަށަށް ލޯންޗް ދަތުރުތައް ބާއްވާ އިރު، ލޯންޗް ޓިކެޓުތައް ވެސް ގިނަ ތަންތަނަށް ވަނީ ވިކި ހުސްވެފަ އެވެ.

"ދަތުރުތައް ނުކުރެވޭހާ ގިނައިން މި ފަހަރު އެބަ އާދޭ ރިކުއެސްޓް. ބުރާސްފަތި ދުވަހުން ފެށިގެން ހަމަ އަޅުގަނޑުމެން އެންމެ އިރުކޮޅަކު މަޑުން ނުތިބެމޭ ބުންޏަސް ރަނގަޅުވާނެ. އެހާ ޑިމާންޑް ބޮޑު މި ދުވަސްވަރު،" ލޯންޗް ކައްޕިއަކު ބުންޏެވެ.

އާންމުކޮށް މި ފަހަކަށް އައިސް ރާއްޖޭގައި ގެސްޓްހައުސްތައް އާންމުވެގެން ދިއުމުން، ދިވެހިންގެ ޗުއްޓީ ހޭދަކުރާ ޓްރެންޑަށް ބަދަލު އައިސް، ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މީހުން ކުރިއާ އަޅާ ބަލާއިރު އިތުރެވެ. އޭގެ އިތުރުން، އެއާ އެކު ރިސޯޓްތަކުން ދިވެހިންނަށް ޚާއްސަ ޕެކޭޖުތައް އިސްތިހާރު ކުރަން ފެށުމާ އެކު އެ ތަންތަނަށް ދާ ދިވެހިން ވެސް ވަނީ އިތުރުވެފަ އެވެ.

ބޮޑު އީދަށް މާލޭގައި ދިރިއުޅޭ މީހުން ޗުއްޓީ އަށް ފުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޑިމާންޑް ވަރަށް ބޮޑު މި ދުވަސްކޮޅު. ހަމަ ގާތްގަނޑަކަށް އެއްކޮށް ފުލްވެފަ މިއޮތީ،" ފަން އައިލެންޑްގެ ރިސޯޓް މެނޭޖަރު އިސްމާއިލް ނަސީރު ވިދާޅުވި އެވެ.

އާންމުކޮށް އީދު ޗުއްޓީ ލިބޭ ވަރަށް ވުރެ މި ފަހަރުގެ ޗުއްޓީ ވަނީ ދިގުވެފަ އެވެ. އެގޮތުން ހުކުރު ދުވަހުން ފެށިގެން، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޗުއްޓީ ދިގުދެމިގެން ދާނެ އެވެ.

އެއީ ކަލަންޑަރުގައިވާ ގޮތަށް ހައްޖު މަހުގެ ފުރަތަމަ ދުވަސް މި މަހުގެ 12 ވަނަ ދުވަހަށް ވުމުން، މި މަހުގެ 19ވާ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައެޅުމުންނެވެ. އަދި 17 އާއި 18 އަކީ ހުކުރާއި ހޮނިހިރު ކަމުން، އާދިއްތަ ދުވަސް ސަރުކާރުން ބަންދު ކުރުމާ ގުޅިގެން، މި ފަހަރުގެ އީދު ބަންދަށް ޖުމްލަ ނުވަ ދުވަސް ލިބޭނެ އެވެ. އީދު ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ 26ވާ އާދިއްތަ ދުވަހު އެވެ.

https://sun.mv/108892

ބޮޑު އީދު ޗުއްޓީއެއް ލިބުމުން މާލެ ކައިރި ނޫން ރިސޯޓްތަކާއި ގެސްޓްހައުސްތައް ވެސް ވަނީ ވަރަށް ބޮޑަށް ފުރިފަ އެވެ. އެގޮތުން ގިނަ ރިސޯޓްތަކެއް ހުންނަ ބ. އަތޮޅުގެ ބައެއް ރިސޯޓުތަކުން ބުނީ، މި ދުވަސްކޮޅު ދިވެހިންގެ ޑިމާންޑް ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

ގެސްޓްހައުސްތަކަށް ބަލާއިރު، މަލެއާ އެންމެ ކައިރިން ހުޅުމާލެ އަދި މާފުށި ފަދަ ތަންތަނުން މިހާރު ރޫމެއް ހޯދުމަކީ ދަތި ކަމެކެވެ.

"ވަރަށް ޑިމާންޑް ބޮޑު. ހަމަ ޗުއްޓީ ތެރޭގައި އެންމެ ދުވަހެއް ވެސް ނެތް ހުސްކޮށް. މިހާރު ވެސް ވަރަށް ގިނަ މީހުން ގުޅާ. މިރަށުގައި ހިޔެއްނުވޭ ހުސްކޮށް އެންމެ ރޫމެއް ވެސް ހުރިހެން،" މާފުށީގައި ބޮޑު ގެސްޓްހައުސެއް ހިންގާ މީހަކު ބުންޏެވެ.

ބޮޑު އީދަށް މާލޭގައި ދިރިއުޅޭ މީހުން ޗުއްޓީ އަށް ފުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އެތެރޭގެ ވާހަކަތައް ނިންމާލުމަށް ފަހު، އަވައްޓެރި ގައުމުތަކަށް އޮތް ޑިމާންޑަށް ބަލާލަމާ ހިނގާށެވެ.

ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން، އެއާޕޯޓް ޑިމާންޑް ވަރަށް ބޮޑު ކަމަށާއި ޗެކިން ލަސްނުކުރުމަށް އެދުމުން ދަތުރުވެރިން ގިނަވެފައިވާ މިންވަރު ވަޒަންކޮށްލެވޭނޫންތޯ އެވެ؟

އޭގެ އިތުރުން އަވައްޓެރި ގައުމުތަކަށް ޓިކެޓެއް ހޯދުން މިހާރު، ފުލްވެފައިވާ އެތެރޭގެ އުދުހުންތަކާ ތަފާތެއް ނެތެވެ. ލަންކާ، އިންޑިއާ އަދި މެލޭޝިޔާ ފަދަ ގައުމުތަކުގެ ޓިކެޓުތަކުގެ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފަ އެވެ.

https://sun.mv/109562

ދެން މިއޮތީ މާލެ ތެރޭގެ ވާހަކަ އެވެ. މާލޭގެ ބަނދަރުތަކަށް އަބަދު ވެސް މި އޮންނަނީ އެތައް ބަޔަކު ޖަމާވެ، ފުރަން ތައްޔާރުވެފަ އެވެ. މާލެ ތެރޭން މީހުން މަދުކަމުގެ، ކުޑަ ނަމަ ވެސް ލުޔެއް މިހާރު ވެސް ފެންނަން ފަށައިފިހެން ހީވެ އެވެ.

މިފަހަރު އީދު ބަންދަށް ގިނަ ދުވަސްތައް ލިބުމުން، ޗުއްޓީގެ ފޯރި އެހެން ފަހަރުތަކާ ހިލާފަށް ގަދަވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

comment ކޮމެންޓް