މާލޭގައި ކުޑަ އަހެންކުއްޖަކު ރޭޕް ކޮށްފި

ރޭޕާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް:

މާލޭގައި ކުޑަ އަނެހެން ކުއްޖަކު ރޭޕް ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ރޭޕް ކޮށްފައި ވަނީ 17 އަހަރުގެ އަންހެން ކުއްޖެކެވެ. ދެމީހަކު ވެގެން އޭނާ ރޭޕް ކޮށްފައި ވަނީ އޭނާ ކިޔަވާ ކޮލެޖުގެ ބޭރުގައި މަޑުކޮށްގެން ހުއްޓާ އެކަހެރި ތަނަކަށް ގެންގޮސްގެން ކަމަށް ވެއެވެ.

އެ އަންހެން ކުއްޖާ ރޭޕް ކުރި ހާދިސާއަށް ފަހު، އެ ކުއްޖާގެ އާއިލާއިން ވަނީ އެކުއްޖާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީ ޓެސްޓުތަކެއް ހަދާފައި ކަމަށް "ސަން" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި އަހަރުގެ ކުރީ ކޮޅު މާލޭގައި ހުންނަ ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ވެސް ފެންމަތިވެފައިވެ އެވެ. އެ މައްސަލައާ ގުޅިގެން މީހެއްގެ މައްޗަށް މިހާރު ވަނީ ދައުވާވެސް ކޮށްފައެވެ.

comment ކޮމެންޓް