ކޯސްޓްގާޑު ޝިޕް ހުރަވީ މަރާމާތުކުރަން އިންޑިއާ ނޭވީ ޑޮކްޔާޑަށް

ރާއްޖޭގެ ކޯސްތުގާޑުގެ ޝިޕް ހުރަވީގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް އިންޑިއާގެ ނޭވަލް ޑޮކްޔަޑު، ވިސާޚާޕަޓްނަމް ގައި ބަނދަރު ކޮށްފިއެވެ.

ގޯސްޓްގާޑު ޝިޕް ހުރަވީގެެ އެކްސްޓެންސިފް ރީފިޓިންގެ މަސައްކަތަށް ފަސް މިލިއަން ޑޮލަރު ޚަރަދުވާއިރު، އެ މަސައްކަތަށް ފަންޑު ކުރާނީ އިންޑިއާގެ ސަރުކާރުންނެވެ.

ޝިޕް ހުރަވީ އިންޑިއާގެ ޑޮކްޔާޑަށް ގޮސްފައިވަނީ ސްރީލަންކާގައިވެސް ބަނދަރު ކުރުމަށް ފަހުއެވެ.

ޝިޕް ހުރަވީ އަކީ ފާސްޓް އެޓޭކް ކްރާފްޓް ޝިޕްއެކެވެ. މި އުޅަނދު ބަނދެފައިވަނީ އިންޑިއާގެ ކޮލްކަތާގައެވެ. ޝިޕް ހުރަވީ މާލެ އިން ފުރާފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. އިންޑިއާގެ ޑޮކްޔާޑަށް ޝިޕް ބަނދަރު ކުރި އިރު ޝިޕްގައި ތިއްބެވީ ކޮމާންޑާ މޭޖާ މުހައްމަދު ޖަމްޝީދާއި 25 ފަޅުވެރިންނެވެ.

ޝިޕް ގާޒީ އަކީ އިންޑިއާގެ ފަރާތުން 2006 ވަނަ އަހަރުގެ ޖުލައިމަހު ރާއްޖެއަށް ހަދިޔާކުރި އުޅަނދެކެވެ. އުޅަނދަށް ބޭނުންވާ މަރަމާތުގެ މަސައްކަތާއި ރީފީޓްސް އަދި ޓެކްނިކަލް އަދި މެޓީރިއަލް އެސިސްޓެންސް ފޯރުކޮށްދެނީ އިންޑިއާ އަސްކަރިއްޔާއިންނެވެ.

މިއީ ކަނޑުފޭރުން ހުއްޓުވުމުގެ އޮޕަރޭޝަންސް ތަކާއި، ކޯސްޓަލް ޕެޓްރޯލު، އެންޓި ޑްރަގް އޮަޕރޭޝަންސް އަދި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންސް ތަކުގައި ބައިވެރިވެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.

comment ކޮމެންޓް